ދިވެހިރާއްޖެގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގައި 11 ދުވަސް ހޭދަ ކުރެއްވުމަށް ފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު، އެ ކޮމިޝަން ދޫކުރައްވާ މިއަދު ނުކުމެވަޑައިގެންފި އެވެ.
އެ ކޮމިޝަން ދޫކުރައްވައި ނުކުމެވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ވަނީ މިއަދު 16:00 ގައި ދަރުބާރު ގޭގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި ނިއުސް ކޮންފަރެންސް ނިމުމުން، އެ މަނިކުފާނު ވަނީ، އުސްފަސްގަނޑަށް ވަޑައިގެން، އެ މަނިކުފާނަށާއި އެމްޑީޕީ އަށް ތާޢީދު ކުރާ ފަރާތްތަކާއި މުޚާތަބު ކުރައްވާފަ އެވެ.