ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑް) އަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ހިމެނޭ މީހުން ހޯދުމަށް ފުލުހުން ޚާއްޞަ އޮޕްރޭޝަނެއް ފަށާފައިވާ އިރު އެ ހަމަލާ ދި ންކަމަށް ބެލެވޭ މީހުން ހޯދުމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް ބޭނުންވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯ އަދި ވީޑިއޯއެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީ އެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަންބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރައްވަން އެދޭ ކަމަށެވެ.
އަދި އެ މީ ހުންނާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތްތަކަށް ލިބި ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ައަސްވާޑެގް އިތުރުން އެމްބީސީގެ ދެ ނޫސްވެރިއަކަށް ވެސް ރޭ ހަމަލާ ދީފައިވާތީ މިކަމާ ގުޅިގެން މީޑިއާތަކުން މިއަދު ވަނީ ނޫސްވެރިން ހިމާޔަތް ކުރުމަށް ގޮވާލައި ހިނގާލުމެއް ވެސް ބާއްވާފަ އެވެ.