ސ. ކަނޑިހެރަ ކައިރި އަށް ޑައިވް ކުރަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ހެރަތެރަ ރިސޯޓްގެ ދެ ޑައިވަރުން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ހެރަތެރަ ރިސޯޓްގެ ދެ ޑައިވަރަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:30 އެހާކަށްހާ އިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަށް ލިބު މާއެކު ވަގުތުން ވަނީ ހަރަކާތްތެރިވެފަ އެވެ.
އެގޮތުން ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައި ވަނީ މިއަދު މެންދުރު 12:20 އެހާކަށްހާ އިރު ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.
މި ހާދިސާގައި މި ދެޑައިވަރުން ފެނިފައި ވަނީ މަރަދޫފޭދު އާ ދިމާ އުތުރުން 2 މޭލު ބޭރުން ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ އެ ސަރަހައްދުގައި އޮއި ބާރުވެގެން އޮޔާ ދިއުމުންކަމަށް އެޑައިވަރުންނާއި ހަވާލާދީ އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.
ހެރަތެރަ ރިސޯޓްގެ މި ދެ ޑައިވަރުންގެ ތެރެއިން އެކަކީ ސ. ފޭދޫ ލިވްގޭ އަޙުމަދު މަރުސޫމް، 32، ކަމަށާއި އަނެއް ޑައިވަރަކީ އިންޑިއާގެ ނިއުދިއްލީގެ ފަތުރުވެރިއެއް ކަމަށްވާ ގޯރަމް، 29، ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.
މި ދެ މީހުން ފެނުނު އިރު ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުންޏެވެ.