Last Updated: March 29, 09:35
Friday, March 29, 2024
ވިޔަފާރި

މިހުރީ ދިރާގުގެ ރޯދަ ހަދިޔާތައް، ހިނގާބަލަ މިކަމާ އުޅެން

ރޯދަ މަހާ ދިމާކޮށް ދިރާގުން ކަސްޓަމަރުންނަށް ޚާއްސަ އިނާޔަތްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން މިއަދު އިއުލާން ކުރި އެންމެ ޚާއްސަ އެއް ޚިދުމަތަކީ ހަފްތާއެއްގެ މުއްދަތަށް ސޯޝަލް މީޑިއާ އެޕެއް ބޭނުން ކުރެވޭ ޕެކޭޖްތަކެވެ.

ދިރާގުން ބުނީ ޓްވިޓަ، ފޭސްބުކް، ވަޓްސްއެޕް، ޕިންޓްރެސްޓް، އިންސްޓަގްރާމް އަދި ސްނެޕްޗެޓުގެ ތެރެއިން ކޮންމެވެސް އެއް އެޕެއް، އެއް ހަފްތާގެ މުއްދަތަށް ހިލޭ ބޭނުން ކުރެވިދާނެ ކަމަށެވެ.

އެގޮތުން ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ #2*8*123* އަށް ގުޅާލުމެވެ.

ހަމަ އެގޮތަށް ޖެހިގެން އަންނަ ހަފުތާގައި ވެސް ކޮންމެވެސް އެޕެއް ހިލޭ ބޭނުން ކުރުމަށް ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

މީގެ އިތުރުން ވައިބާ ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު ހިލޭ ބޭނުން ކުރެވޭނެ އެވެ. ހުކުރު ދުވަހު ވައިބަ ބޭނުން ކުރުމަށް ޑޭޓާ ޗާޖެއް ނުނަގާނެ އެވެ.

ވައިބަ އެކްޓިވޭޓް ކުރެވޭނީ #1*8*123* އަށް ގުޅައިގެންނެވެ.

ދިރާގުން އަދި ބުނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ޚަރަދަކާ އެކު، ދެ މީހެއްގެ އުމްރާ ދަތުރެއް ވެސް ދޭނެ ކަމަށެވެ.

ހަމައެއާ ދިރާގުން ވަނީ ރޯދަ މަހު ސައުދީ އަރަބިއްޔާ އަށް ގުޅުމަށް ޚާއްސަ އައިޑީޑީ ރޭޓެއް ވެސް ކަނޑައަޅައިފަ އެވެ.

ނަމްބަރުގެ ކުރިޔަށް 019 ޖަހައި، ގުޅުމުން ޗާޖުކުރާނީ މިނިޓަކަށް އެންމެ 1.88ރ. އެވެ.

މި ރޭޓުގައި ގުޅުން މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހަށް ކުރިއަށް ދާނެ އެވެ.