Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ތިމަރަފުށީ ގެއެއްގެ ބަދިގޭގައި ރޯވެ އަނދައިފި

ތ. ތިމަރަފުށީ ގެއެއްގެ ބަދިގޭގައި ރޯވެ އަނދައިފި އެވެ.

ރޭ ދަންވަރު 1:30 ހާއިރު އަނދާފައި ވަނީ އެރަށު ސައިމާގޭ ބަނދިގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަދިގޭގައި ރޯވީ އެރަށުން ކަރަންޓް ކެނޑިފައި އޮތުމާެި ގުޅިގެން ބަދިގެ ދިއްލަން ބޭނުންކޮށްފައި ހުރި އުއްބަތިއެއްގެ ސަބަބުންނެވެ.

މިހާދިސާގައި ބަދިގޭގައި ހިފައި ގެންގުޅޭ ސާމާން ވަނީ މުޅިން އަނދާފައެވެ. އަދި ބަދިގެ ވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަދައިފަ އެވެ.

ތިމަރަފުށީގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ކަރަންޓް ކެނޑިފައެވެ.