Last Updated: June 23, 14:00
Tuesday, June 23, 2026
ކުޅިވަރު

ކުރު އުމުރާއަކަށް ޕޮގްބާ މައްކާ އަށް

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ފްރާންސުގެ މިޑްފިލްޑަރު، ޕައުލް ޕޮގްބާ މި ސީޒަނުގައި ލިބުނު ކާމިޔާބީ އަށް ޝުކުރު އަދާކުރުމަށް ކުރު އުމުރާއަކަށް މައްކާ އަށް ހިނގައްޖެ އެވެ.

ޕޮގްބާ ވަނީ އިހުރާމް ބަނދެ ގެފުޅު ވަށައި ތޮވާފްކޮށްފަ އެވެ. ރަމަޟާން މަސް ފެށުމަށް މައްކާ އަށް ގޮސްފައިވާ އިރު ޕޮގްބާ ވަނީ އޭނާ މެންޗެސްޓާ އިން ދިއުމުގެ ކުރިން އިންސްޓަގްރާމް އަށް ވީޑިއޯއެއްލައިފަ އެވެ.

ވީޑިއޯގައި އޭނާ ބުނެފައިވަނީ މިދަނީ ޝުކުރު އަދާ ކުރުމަށާއި ދުއާ ދެންނެވުމަށް ކަމަށެވެ. އުމުރުން 24 އަހަރުގެ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަކީ ފްރާންސުގެ މުސްލިމެކެވެ.

މިމަސް ތެރޭގައި ޕޮގްބާގެ ބައްޕަ މަރުވުމާ ގުޅިގެން އޭނާ ވަނީ ހަފްތާއެއް ކުޅުމާ ދުރުގައި މަޑުކޮށްފަ އެވެ.