Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސްރީ ލަންކަން އެއާލައިނުން އައްޑޫގައި ރޯޑް ޝޯތަކެއް ބާއްވަނީ

އައްޑު އަށް މިހާރު ދަތުރުތައް ބާއްވަމުން އަންނަ ސްރީ ލަންކަން އެއާލައިންސްގެ އޮފާތައް އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން އައްޑޫގައި ރޯޑްޝޯތަކެއް ބާއްވަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ ރޯޑް ޝޯތައް ފަށާނީ މާދަމާ ކަމަށެވެ.

އެގޮތުން މާދަމާ ހަވީރު ފުރަތަމަ ރޯޑް ޝޯ ބާއްވާނީ ފޭދޫ ބަނދަމަތިން ތުރީ އެސްއާ ދިމާލުންނެވެ. ރޯޑް ޝޯ ކުރިއަށް ދާނީ ހަވީރުޔ 4:00-5:45 އަށެވެ.

މަރަދޫގައި ރޯޑް ޝޯ ބާއްވާނީ 30 ވަނަ ދުވަހު އެވެ. އެ ރަށު ރޯޑް ވެސް އޮންނާނީ ބަނދަރުމަތީގަ އެވެ. ކުރިއަށް ދާނީ ހަވީރު 4:00-5:45 އަށެވެ.

ހިތަދޫ ރޯޑް ޝޯ ހިތަދީ ބީޗް ކެބް ޓްރެވަލްސް ކައިރީގައި އޮންނާނީ 31 ވަނަ ދުވަހު އެވެ. ކުރިއަށް ދާނީ ހަވީރު 4:00-5:45 އަށެވެ.

ސްރީ ލަންކަން އެއާލައިންސް އިން ބުނީ ރޯޑް ޝޯ އޮންނަ ކޮންމެ ރަށެއްގައި ސްޓޯލްތަކެއް ބަހައްޓާފައި ހުންނާނެ ސްޓޯލްތަކަށް ވަންނަން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

އަދި ރަޖިސްޓްރީކޮށްގެން ޒިޔާރަތް ކުރާ މީހުންނަށް ހިލޭ ހަދިޔާ ވެސް ލިބޭ އިރު، ގުރުއަތުން ހޮވޭ މީހަކަށް ކޮލޮމްބޯ ދަރުތެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސްރީ ލަންލަން އެއާލައިންސް އން މިހާރު އަންނަނީ އެ އެއާލައިން ދަތުރު ކުރާ ހުރިހާ މަންޒިލްތަކަކަށް ވެސް ހާއްސަ އޮފާއެއްގައި ޓިކެޓް ވިއްކަމުންނެވެ.

އެ އޮފާތަކާ ބެހޭ މައުލޫމާތުތައް ވެސް ސްޓޯލްތަކުން ދޭނެ އެވެ.