Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އީސީގެ ތިޖޫރީން ވައްކަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތިޖޫރީ ފަޅާލައި ގިނައަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

އީސީން ވައްކަންކޮށްފައިވާ ކަން އެނގުނީ ހަފްތާ ބަންދަށްފަހު މިއަދު ހެނދުނު އޮފީސް ހުޅުވުމަށް މުވައްޒިފުން ދިއުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތިޖޫރީ ފަޅާލާފައިވާކަން އެކޮމިޝަނުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމެއް ނުވަތަ އޮފީހުގެ އެހެން އެއްޗަކަށް ގެއްލުން ދީފައިވާ ކަމެއް ހާމަކޮށްފައެއްނުވެއެވެ.

މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މައްސަލައާއި ބެހޭގޮތުން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއްނުވެއެވެ.