އެސްޓިއޯ ކާޑު ބަރުކޮށްގެން ރާއްޖޭގެ އުތުރަށް ދަތުރު ކުރަމުން ދިޔަ ކޮޅުވެއްޓިއެއް ފަރަށް އަރައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓި ފަރަށް އަރާފައިވަނީ ރޭ ފަތިހު 4:20 ހާއިރު ހުވަފެންފުށި ކައިރިއަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރަށް އަރާފައިވާ ކޮޅުވެއްޓިއަކީ އެސްޓިއޯގެ "ކަނޑިހާ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއްކަމަށެވެ. އަދި ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް އެސްޓިއޯއިން ކުރަމުން އަންނަ ކަމަށެވެ.
މި ކޮޅުވެއްޓީގައި އޭދަފުށި، ކުޅުދުއްފުށި އަދި ހޯރަފުއްޓަށް ގެންދާ 2000 ބަސްތާ ކާޑު ހުރިކަމަށް މައުލޫމާތު ލިބެއެވެ.
މި ދުވަސްކޮޅަކީ ރާއްޖޭގެ މޫސުމް ގޯސް ދުވަސްވަރަކަށްވެފައި ކަނޑުމަތީގެ ގިނަ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.