Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ހިތަދޫ ނަގޫރޯޅި ގެއްލުމަށް އެހީވާން މީރާ އިން 60،000ރ. ހޯދައިފި

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 60،000ރ. ހޯދައިފި އެވެ.

މީރާ އިން ނެރުނު ބަޔާނެއްގައި ބުނީ މީރާގައި ވަޒީފާ އަދާ ކުރާ އައްޑު އަށް ނިސްބަތްވާ މުވައްޒަފުން އިސް ނަގައިގެން ހުޅުވި ޚާއްސަ ފަންޑަށް އެ އޮތޯރިޓީގެ މުވައްޒަފުން ހަދިޔާ ކުރި 60،000ރ. ބަހަން ނިންމާފައި ވަނީ އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކަމަށް ހިތަދޫ އަވަށު އޮފީހުން ރިޕޯޓްކޮށްފައިވާ 12 އާއިލާތަކަށް ކަމަށެވެ.

އަދި އެ ފައިސާ ބެހުމަށް ނިންމާފައި ވަނީ ކޮންމެ ގެއަކަށް 5،000ރ. މަގުން ކަމަށް ވެސް ބުންޏެވެ.

މީރާ އިން ބުނީ އެ ފައިސާ އެ އާއިލާތަކަށް މިއަދު ރައްދު ކުރާނެ ކަމަށެވެ.

ނަގޫރޯޅީގައި ގެއްލުންވި ގެތައް ސަރުކާރުން މަރާމާތުކޮށް ދީފައިވާ އިރު، އެ އާއިލާތަކަށް އެހީވާން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ފަންޑެސއް ހުޅުވައިފަ އެވެ.

އަދި އެކި ފަރާތްތަކުން މިހާރު ވެސް ފައިސާގެ އެހީތައް ފަންޑަށް ދީފައިވެ އެވެ.