މިއަދު ހަވީރު ފޭދޫ ބަނދަރު ސަރަހައްދުގައި ސްރީލަންކަން އިން ބާއްވަން ނިންމި ރޯޑް ޝޯ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
ސްރީލަންކަންއިން އައްޑޫގެ ތިން ސަރަހައްދެއްގައި ރޯޑް ޝޯ ބާއްވަން ނިންމި އިރު މިއަދު ހަވީރު ބާއްވަން އޮތީ ފޭދޫގައި ބާއްވާ ރޯޑް ޝޯ އެވެ.
ސްރީ ލަންކަން އެއާލައިންސް އިން ބުނީ ރޯޑް ޝޯ އޮންނަ ކޮންމެ ރަށެއްގައި ސްޓޯލްތަކެއް ބަހައްޓާފައި ހުންނާނެކަމަށާއި ސްޓޯލްތަކަށް ވަންނަން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
އަދި ރަޖިސްޓްރީކޮށްގެން ޒިޔާރަތް ކުރާ މީހުންނަށް ހިލޭ ހަދިޔާ ވެސް ލިބޭ އިރު، ގުރުއަތުން ހޮވޭ މީހަކަށް ކޮލޮމްބޯ ދަރުތެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ސްރީ ލަންލަން އެއާލައިންސް އިން މިހާރު އަންނަނީ އެ އެއާލައިން ދަތުރު ކުރާ ހުރިހާ މަންޒިލްތަކަކަށް ވެސް ހާއްސަ އޮފާއެއްގައި ޓިކެޓް ވިއްކަމުންނެވެ.
އެ އޮފާތަކާ ބެހޭ މައުލޫމާތުތައް ވެސް ސްޓޯލްތަކުން ދޭނެކަމަށް ސްރީލަންކަން އިން ބުންޏެވެ.
146