އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމައާތުން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމަށް ސަމާލުވުމަށް އޮސްޓްރޭލިޔާ އާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އަންގައިފި އެވެ.
އިނގިރޭސި ފޮރިން އެފެއާޒްއިން ވަނީ އެގައުމުގެ ރައްޔިތުންނަށް ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގާފައެވެ.
ހަމައެހެންމެ އޮސްޓްރޭލިޔާގެ ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ވެސް އައިއެސްއިން އެގައުމުގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމަށާއި އެގައުމުގެ ރައްޔިތުންނަކީ އެމީހުންގެ ޓާގެޓެއް ކަމަށްބުނެ ސަމާލުވުމަށް އަންގާފައެވެ.
ދެގައުމަކުން ރާއްޖެއަށް ޓެރަރިސްޓު ހަމަލާއަކަށް ސަމާލުވުމަށް އަންގާފައިވާއިރު މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މާލެއިން ވަނީ ބޮމުގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ތިން ގެއެއް ފާސްކޮށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮފަސްފައިވާއިރު އެއޮޕަރޭޝަނުގައި އެސަރަހައްދުން ޕްރެޝަރު ކުކަރާއި މޯބައިލް ފޯނުތަކެއް އަތުލައިގެންފައިވާ ކަމަށް ޚަބަރު ލިބެއެވެ.