Last Updated: July 27, 10:03
Monday, July 27, 2026
ޚަބަރު

"އައްޑޫގައި ސީޓީ ސްކޭން ނެހެދޭ، މާލޭގައި ޖަނަވާރުންގެ ކްލިނިކެއް"

އައްޑޫގައި ސީޓީ ސްކޭން ހެދޭނެ ވަރު ނެތީސް މާލޭގައި ޖަނަވާރުންގެ ކްލިނިކެއް ހަދަން ނިންމާފައިވާތީ އެކަމާ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 2 ވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫގައި ސީޓީ ސްކޭން ހެދޭނެ ގޮތް ނެތީސް މާލޭގައި ޖަނަވާރުންގެ ކްލިނިކެއް ހަދަން އުޅުމަކީ، "ތަރައްގީ ފުރަގަހުން ނިކުތީމާ ވާގޮތެއް" ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެޓެރިނަރީ ކްލިނިކެއް ގާއިމް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ނިންމާފައި ވާއިރު މިއީ ރާއްޖޭގައި އެފަދަ ކްލިނިކެއް ގާއިމް ކުރާ ފުރަތަމަ ފަހަރެވެ.

މި ކްލިނިކް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ، ވިލިމާލޭގައެވެ.

ވެޓެރިނަރީ ކްލިނިކެއް ގާއިމް ކުރަނީ ރާއްޖޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ ގިނަ ބަޔަކު ކުރަމުންދާ ކަމަށްވާއިރު، އެފަދަ ޖަނަވާރަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދެވޭ ގޮތް ހެދުމަކީ އެކަން ކުރިއަރުވަން ދެވޭ ހިތްވަރެއް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.