ބޭރުގެ ޔުނިވަސިޓީތަކާ ގުޅިގެން ރާއްޖޭގައި އެޑިއުކޭޝަން ފެއާތައް ބާއްވަމުން އަންނަ ގްލޯނެޓުން މި އަހަރު ބާއްވާ ފުރަތަމަ "ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ" މިއަދު އައްޑޫގައި އޮންނާނެ އެވެ.
ގްލޯނެޓުން ބުނީ އައްޑޫގައި ފެެއާ އޮންނާނީ މިއަދު ހަވީރު 3:00 އިން 6:00 އަށް ހިތަދޫ އައްޑޫ ހައި ސްކޫލްގައި ކަމަށެވެ.
މި ފެއާގައި ބޭރުގެ ހަ ޔުނިވަސިޓީއަކުން ބައިވެރިވާ ކަމަށް ގްލޯނެޓްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނަސީމް އަހުމަދު ވިދާޅުވި އެވެ.
މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަަކަށް އަމާޒުކޮށްގެން ބާއްވާ ފެއާ އަށް މީގެ ކުރިން ވެސް އައްޑޫން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ މިއަދު ހަވީރު ފެއާ ބޭއްވުމުގެ ކުރިން ހެނދުނު ދަރިވަރުންނަށް އަމާޒުކޮށްގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެެއް ވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.