Last Updated: June 23, 14:00
Tuesday, June 23, 2026
ދުނިޔެ

ވިއްސާރާގައި ބަންގްލަދޭޝް އިން ފަސް މަރު

ބަންގްލަދޭޝް އަށް މިހާރު ކުރަމުންދާ ވިއްސާރާގައި 5 މީހަކު މަރުވެފައިވާ ކަމަށް ބީބީސީއިން ކަށަވަރުކޮށްދީފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށާއި މީހުން މަރުވެފައިވަނީ އެގައުމަށް ކުރަމުންދާ ވިއްސާރާގައި ބޮޑު ގަސްތައް ވެއްޓި ގަސްތަކުގެ ދަށުވެގެންނެވެ.

ސްރީ ލަންކާއަށާއި ބަންގްލަދޭޝްއަށް މެދުކެނޑުމެއްނެތި ބޯކޮށް ވިއްސާރަކުރަމުންދާއިރު އެތައް ސަތޭކަ ގެއެއް ވަނީ އެއްކޮށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ރައްޔިތުން ހާލުގައި ޖެހިފައެވެ.

މޯރާގެ ނަމުން ނަން ދީފައިވާ މި ސައިކްލޯން ބަންގްލަދޭޝްއަށް އަރާފައިވާއިރު ލަފާ ކުރެވޭ ގޮތުގައި މިޔަންމާރަށްވެސް މޯރާ ސައިކްލޯންގެ އަސަރުކޮށްފާނެއެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިޔަންމާގެ ރޯހިންގޔާ މުސްލިމުންނަށެވެ. މުސްލިމުންގެ އެތައް ހާސްބަޔަކު ދިރިއުޅެމުންދިޔަ ރެފިއުޖީ ކޭމްޕްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ސުންނާފަތިވެފައެވެ.