Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

ގެއްލުންވި ބައެއް ގެތަކަށް މާލޭ މީހަކު ގޭސް އުނދުން ހަދިޔާކޮށްފި

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވި ބައެއް ގެތަކަށް މާލޭގެ އާއިލާއަކުން ގޭސް އުނދުން ހަދިޔާކޮށްފި އެވެ.

ގޭސް އުނދުން ހަދިޔާ ކުރީ ހ. ނައިބޮލި މުހައްމަދު ނަސީމާއި އޭނާގެ އާއިލާގެ ފަރާތުންނެވެ.

އެ އުނދުންތައް ގެތަކުގެ މީހުންނާ މިއަދު ހަވާލު ކުރުމުގެ މަސައްކަތް ކުރީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ އައްޑޫގެ އިސް އޮފިޝަލުންނެވެ.

ނަގުރޯޅީގައި ހިތަދޫގެ ގެތަކަށް ލިބުނު ގެއްލުންތަކަށް އެކި ފަރާތްތަކުން މިހާތަނަށް ވަނީ ތަފާތު އެހީތައް ވެ ދީފަ އެވެ.

އޭގެ ތެރޭގައި ފައިސާ އާއި ތަކެތީގެ ގޮތުން ދިން އެހީތައް ހިމެނެ އެވެ.