Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ސީރިއަސްވި ވަސީމާއި އިތުރު މީހަކު އޮޕަރޭޝަންކޮށްފި

ސަމާ އައިލެންޑުން ފުރައިގެން ދަތުރު ކުރަމުން ދިޔަ ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީ އޮތް ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެންމެ ސީރިއަސް އަނިޔާ ލިބުނު ދެ މީހުންގެ ތެރޭގައި ހިމެނޭ ސ. މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމް އާއި އިތުރު މީހެއްގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާކަމަށް އޭޑީކޭއިން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު އައްފާލް "އައްޑޫލައިވް"އަށް ވިދާޅުވީ ރޭގެ ހާދިސާގައި ސީރިއަސް ގެއްލުން ލިބުނު ދެމީހުންގެ އޮޕަރޭޝަން ކޮށް ނިމި މިހާރު ތިބީ ވެންޓިލޭޓަރގެ އެހީގައި އައިސީޔޫގައި ކަމަށެވެ.

އިތުރު ތަފްސީލެއް އައްފާލު ނުދެއްވައެވެ. އަދި ހާލު ދެރަ އިތުރު ދެ މީހަކު އަންނަނީ ހައި ޑިޕެންޑެންސީ ޔުނިޓުގައި ފަރުވާ ދެމުންނެވެ.

ރޭގެ އެކްސިޑެންޓްގައި 15 މީހަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާ ލިބުނު މީހުން މާލެ ގެނެސްފައިވަނީ ރީތިރަށް ރިސޯޓްގެ ލޯންޗް ފަހަރުގައެވެ.