Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމްގެ ދިދަ ބޭނުންކޮށްގެން ފާރިސް ފުުލުހަށް ހާޒިރު ކުރަނީ

ފާރިސް މައުމޫން: ފޮޓޯ: ވީމީޑިއާ

ޕީޕީއެމްގެ ދިދަ ނޫސް ކޮންފަރެންސެއްގައި ބޭނުން ކުރި މައްސަލައަކާ ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފާރިސް ފުލުސް އިދާރާއަށް ހާޒިރުވާން އަންގާފައި އޮތީ މާދަމާ ރޭ 9:30އަށެވެ. ފާރިސް ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު އޭނާގެ ޕާސްޕޯޓް ދޫކޮށް ފުރޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދި ލިޔުނު ސިޓީގެ ޖަވާބުވެސް ފުލުހުން ވަނީ ދީފައެވެ.

އެ ސިޓީގައި ފުލުހުން ބުނީ ކްރިމިނަލް ކޯޓުގެ އަމުރުގައި ހިމެނޭ މައްސަލައިގެ ތަހްގީގު ނުނިމޭތީ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

ފާރިސް ފުރުމުގެ ހުއްދައަކަށް އެދިފައިވަނީ އެމަނިކުފާންގެ ބޮޑުދައިތަ ފަރީޝާ އިބްރާހިމް ކެންސަރު ބަލީގެ ފަރުވާ ހޯއްދަވަމުން އަންނަ އިރު ހާލު ސީރިއަސް ވުމާއި ގުޅިގެން ބޮޑު ދައިތައަށް ޒިޔާރަތް ކުރުމަށެވެ.

ފާރިސް ވަނީ ނުފިލާނެކަމަށާއި އަންގާ ތާރީހަކަށް އެނބުރި އަންނާނެކަން ފުލުހުންނަށް އަންގައިފަ އެވެ.