Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ސިވިލް ކޯޓަށްް ހާޒިރު ކުރަން ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހިތަދޫ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ހޯދަމުން އަންނަނީ ހިތަދޫ ހައިސިންތުމާގެ، ޢަބްދުﷲ ނަސީމް، 59، ކަމަށެވެ.

އޭނާ ހޯދަނީ، ބެންކްއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދަޢުވާ ކުރާ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުނުވާތީ ބަންދުގައި ބަހައްޓައިގެން އަންނަ މަޖުގެ އެއް ވަނަ ދުވަހު ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ ނަސީމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.