Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ޓޮޓީގެ ފަހު މެޗާ އެކު މުޅި ރޯމް ރޮއްވާލާއިފި

އިޓަލީގެ ފްރެންސިސްކޯ ޓޮޓީ ނުދަންނަ ބަޔަކު މަދުވާނެ އެވެ. ސާޅީސް އަހަރު ވެފައިވާ އިޓަލީގެ މިކުޅުން ތެރިޔާގެ މުޅި ފުޓުބޯޅަ ކެރިއަރު ހޭދަކުރީ ރޯމާގަ އެވެ.

ރޯމާއާ އެއްކޮށް އޭނާ ވަނީ އެތަށް ކާމިޔާބީއެއް ވެސް ހޯދައިފަ އެވެ. އަދި ވާހަކަތަށް ފެތުރޭ ގޮތުން އެ ކުލަބްގެ ޑިރެކްޓްރަކަށް ވެސް ވާން އޮތީ އޭނަ އެވެ.

ޓޮޓީގެ ސަޕޯޓަރުން ހިތާމަ ކުރަނީ. ފޮޓޯ: އޭބީސީ

އުމުރުން ސޯޅަ އަހަރުގައި ކުޅެންފެށި ޓޮޓީ އޭނާގެ ސައުވީސް އަހަރުގެ ކެރިއަރުގައި ވަނީ 783 މެޗުގައި 307 ގޯލް ޖަހާފައެވެ.

2006 އަހަރު ވޯލްޑް ކަޕް އިޓަލީއަށް ކާމިޔާބު ކޮށްދިނުމާއި ސެރީއާ އޭ ގެ ޓައިޓަލް އާއި ދެ ކޮޕާ އިޓަލީއާ ރޯމާއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާވަނީ އިސް ދައުރެއް އަދާ ކޮށް ދީފައެވެ.

މިސީޒަނުގައި އޭނާވަނީ ރޯމާއަށް 27 މެޗު ކުޅެ ދީފައެވެ. ގިނައިން ކުޅެފައި ވަނީ ބަދަލު ކުޅުންތެރިއެއް ގޮތުގައެވެ. ރޯމާ މިހާރު އޮތީ ލީގް ޗެމްޕިއަން ޔުވެންޓަސްއަށް ވުރެ ހަތަރު ޕޮއިންޓު ފަހަތުން ލީގުގެ ދެވަނާގައެވެ.

ރޯމާގެ ކޯޗު މޮންޗީ ބުނީ ޓޮޓީ މިއަހަރު ނިމެންދެން ކުލަބުގައި މަޑުކުރާނެ ކަމަށާއި އަދި ކުރި އޮތް ތަނުގައި ކުލަބުގެ ޑައިރެކުޓަރގެ މާގާމުން އޭނާ ފެނިގެންދާނެ ކަމަށެވެ. އަދި ޓޮޓީ އަށް ތައުރީފު ކުރަމުން މޮންޗީ ބުނީ ރޯމާ އަކީ ޓޮޓީ ކަމާއި މި ސަބަބައްޓަކައި ކުލަބު ކުރިއަށް ގެންދިއުމުގައި ދެމީހުން އެއްކޮށް މަސަތްކަތަކުރުން މުހިންމުކަމަށެވެ.