Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފާރިސްގެ ބޮޑުދައިތަ އަވަހާރަވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމް ސިންގަޕޫރުގައި އަވަހާރަވެއްޖެއެވެ.

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ފަރީޝާ އަވަހާރަވެފައިވަނީ، ފާރިސް މައުމޫން ބޮޑުދައިތައަށް ޒިޔާރަތް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ތަކުރާރުކޮށް އެދިފައިވުމުންވެސް ސަރުކާރުން އެކަން ކޮށްދީފައިނުވަނީހެވެ.

ފުލުހުން ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން ފާރިސްގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު އޭނާ ވަނީ ތަކުރާރުކޮށް ޓްރެވެލް ޑޮކިއުމެންޓެއް ނެރެދިނުމަށްފަހު ވިޔަސް ރާއްޖެއިން ބޭރަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެދުމުންވެސް ހޯމް މިނިސްޓްރީއިން ވަނީ ފާރިސް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދެކޮޅު ހަދާފައެވެ.

ފަރީޝާ އަވަހާރަވެފައިވަނީ މިރޭ ރާއްޖެ ގަޑިން 8:30 ގައެވެ. އޭނާއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ސަމަރުބުލޫ އިބްރާހިމް މަނިކުގެ އަނބިކަނބަލުންވެ.