Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ބިޑްނުކޮށް ރަށްތައް ވިއްކަން މިއީ އަމާބަފާ ތަނެއް ނޫން: ސުއޫދު

ފަތުރުވެރިކަން ކުރިއެރުވުމަށް ބިޑު ނުކޮށް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިތުރު ތިން ރަށެއް އިތުރު ކުރުމުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބިޑު ނުކޮށް ރަށްތައް ވިއްކަން އުޅެނީ މިއީ "އަމާ ބަފާ ތަނެއް ނޫން" ކަމަށެވެ.

"ބިޑު ނުކޮށް ވިއްކަން މިއީ އަމާ ބަފާ ތަނެއް ނޫން، މިއީ ދިވެހި ރައްޔިތުންގެ ހަރު މުދާ،"

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުރުވެރިކަމާ ބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މަޢުލޫމާތު ހިމެނޭ ގޮތަށް މި އަހަރަށް ކަނޑައަޅާފައިވާ ލިސްޓަށް ތިން ރަށެއް އިތުރުކޮށް، އެ ލިސްޓު އިސްލާހުކޮށްފައިވާ ކަމަށެވެ.

ލިސްޓަށް އިތުރުކޮށްފައިވާ ތިން ރަށަކީ ކ. ކަގިއާއި އދ. ބޮޑުކާށިހުރާގެ އިތުރުން އެއަތޮޅުގައި އޮންނަ "ދެ ހަސަނު ލޮނު ބުއި ހުރާ" މި ތިން ރަށެވެ.