ރާއްޖޭގެ ދެކުނުން ގދ. ތިނަދު އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގަދަ ވަޔާ އެކު ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރަށުގެ ހުޅަނގު ފަރާތުގެ ގެތަކަށެވެ.
ގިނަ އަދަދެއްގެ ގެތަކާއި ގުދަންތައް ވެއްޓި، ހަލާކުވެފައިވާ ކަމަށް ތިނަދޫން "އައްޑޫލައިވް" އަށް މައުލޫމާތު ދިން ފަރާތަކުން ކިޔާ ދީފައިވެ އެވެ.
ވައި ގަދަވެފައި ވަީ މިރޭ އިޝާ ނަމާދަށް ބަންގި ގޮވަން ކައިރި ވެފައިވަނިކޮށެވެ. ނަގޫރޯޅީގައި ގެއްލުންވި ގެތަކުގެ ފުރާޅު އެއްލައި، ގަސްތައް ވެއްޓިފައިވާއިރު އެއް ގެއެއްގެ ފާރުގެ އެއްބައިވެސް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފާއި ފުލުހުން އަދި އެމްއާރްޑީސީގެ އޮފިޝަލުން ވަނީ މިހާރު ގެއްލުންވި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.