Last Updated: June 23, 20:16
Tuesday, June 23, 2026
މުނިފޫހިފިލުވުން

މި މަހު ނިކުންނަ ހޮލީވުޑްގެ ބޮޑު ތިން ފިލްމަކީ ކޮބާ؟

ހޮލީވުޑްގެ ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް މި މަސްވެގެން ދާނީ ހާއްސަ މަހަކަށެވެ. ސަބަބަކީ ވަރަށް ފާހަގަކޮށްލެވޭ އަދި އުންމީދީ ފިލްމްތަކެއް ރިލީޒް ވާން ހުރީމަ އެވެ.

އެ ތިން ފިލްމަކީ ކޮބައިތީ ބަލާލަމާ ހިނގާށެވެ.

ވޮންޑާ ވުމަން

ޑީސީ އެކްސްޓެންޑެޑް ޔުނިވާސްގެ ހަތަރު ވަނަ ފިލްމު ވޮންޑާ ވުމަންއަކީ މިއަހަރު އެންމެ ގިނަބަޔަކު އިންތިޒާރުކުރި އެއް ފިލްމެވެ. މި ފިލްމަކީ މުޅި ސީޒަނުގައިވެސް ނިކުންނަ އެންމެ ތަފާތު އެއް ފިލްމަށް ވެގެން ދާނެ އެވެ.
ލީޑް ރޯލުން މަޝްހޫރު ބަތަލާ ގާލް ގަޑޯޓު ފެނިގެންދާ އިރު މި ފިލްގައި ދައްކުވާއިދެނީ ތެމެސްކީރާ ކިޔާ ގައުމަކުން އަންނަ އަންހެން ފަހުލަވާނަކު ދުނިޔެ ސަލާމަތްކުރުމުގާ އުޅޭ އުޅުމެވެ.


ބަތަލާ ގެ ގޮތުގައި ފެނިގެންދަނީ ރައިސް އޮފް ދަ ގާޑިއަންސްއިން ފެނިގެންދާ ކްރިސް ޕައިންއެވެ. މިފިލްމް ހާއްސަ ވެނެގެންދާ އަނެއް ސަބަބަކީ ބާރަ އަހަރަށް ފަހު ލީޑް ރޯއިން އަންހެންކު ފެނިގެންދާ ފިލްކަމަށް ވާތީއެވެ.

ދަ މަމީ

ދަ މަމީ އަކީ 1932 އަހަރުގައި ފެށިގެން ދިޔަ ފުރެންޗައިޒެކެވެ. މިފަހަރު މަމީގައި ފެނިގެން ދަނީ މަޝްހޫރު އިނގިރޭސި ބަތަލާ ޓޮމް ކްރޫޒްއެވެ. ނަމަވެސް މިފިލްގައި ގިނަ ބަޔެއްގެ ހިތް ދަމައިގަތީ ސޯފިޔާ ބޯޓެލާ އެވެ.

ހޮލީވްޑްގައި ކުރިއަރަމުންދާ ސޯފިޔާ ބޮޑަށް މަޝްހޫރު ވެފައިވަނީ ހިޕް ހޮޕް އަދި ސްޓީރޓް ނެށުމުގެ ދާއިރާއިންނެވެ.

ދަމަމީ ގެ އެހެން ފިލްމު ތަކުގައި ވެސް ފެނިފައިވާ ގޮތަށް މި ފިލްމުގައި ވެސް ބިރުވެރިކަން ދައްކައިދޭ ތަފާތު ކަމަކަށް މީގައި ދައްކުވައި ދޭނީ ބޮޑަށް އިންސާނުންގެ ނުބައިކަމުން އުފެދޭ ބިރެވެ.

ވިޓްނީ: ކޭން އައި ބީމީ

"ކޭން އައި ބީމީ" މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ވިޓްނީގެ ކެރިއަރުގެ ކުރީ ކޮޅު ބުނި ބަސްތަކެވެ. ވިޓްނީ ހުސްޓަންގެ މި ބަސްތަށް ފިލްމަކަށް ހަދައިދިނީ ޑޮކިއުމެންޓަރީ ފިލްމް ހެދުމުގައި މަޝްހޫރު ނިކް ބުރޫމް ފީލްޑެވެ.

އައި ވިލް އާލްވެއިސް ލަވު ޔޫ ކީ މި ހިޓް ވަލަ ކިޔުން ތެރިޔާގެ ޑޮކިއުމެންޓުރީގައި ފެނިގެންދާނީ އޭނާގެ ހަޔާތުގައި ހިނގާ ހާއްސަ ކަންތައްތަކެވެ.

ނިކް ބުނިގޮތުން ބޮޑަށް ދައްކުވައިދޭން މަސައްކަތަ ކޮއްދީފައި ވާނީ ވިޓްނީގެ ނަޒަރުގައި ކަންކަން ހިނގިގޮތަށެވެ.