މިއަދު މެންދުރު ފ. ނިލަންދު އަށް ނަގޫރޯޅިއެއް އަރައި ހަ ގެއަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަގޫރޯޅި އަރައި ބޮޑެތި ގެއްލުން ލިބިފައިވަނީ އެރަށުގެ އަތިރިމަތީ ފަރާތުގައިވާ ހަ ގެއަކަށެވެ. މީގެ އިތުރުން ނިލަންދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ބްރާންޗްގެ ފުރާޅުވެސް ވަނީ އެއްލާލައިފަ އެވެ.
ފ. އަތޮޅު ކައުންސިލް މެމްބަރ އަބްދުއް ޖަލީލް ވިދާޅުވީ މި ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ ފުރާޅު އެއްލާލައި ސީލިން ހަލާކުވެފައިވާ ކަމަށެވެ. އަދި ލިބިފައިވަނީ ބޮޑެތި ގެއްލުންތަކެއް ކަމަށް ޖަލީލް ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން ވަމުން އަންނަ އިރު ރޭ އައި ކޮޅިގަނޑެއްގައި ގދ ތިނަދޫގެ 15 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އައްޑު އަށް މިދިޔަ މަހު އެރި ނަގޫރޯޅީގައި 29 ގެއަކަށް ވަނީ ގެއްލުންވެފަ އެވެ.