Last Updated: May 1, 10:08
Thursday, May 1, 2025
ޚަބަރު

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރުގައި

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް އަންނަ ސެޕްޓެމްބަރު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި މި ހުށަހެޅުން ފާސް ކުރީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ގައުމީ މަޖިލީހުގައި ޝިފާޒު ވިދާޅުވީ ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހަށްވުމާ އެކު، އެ ތާރީހަކީ ކޮންގްރެސް ބޭއްވުމަށް އެންމެ މުހިންމު އަދި މުނާސަބު ތާރީހު ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސްއެއް އެންމެ ފަހުން ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު 2014 ވަނަ އަހަރު ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހު ވަގުތު ވަނީ ކޮންގްރެސް ފަސްކޮށްފަ އެވެ.