Last Updated: June 23, 14:00
Tuesday, June 23, 2026
ކުޅިވަރު

ގްރީޒްމަން އެތުލެޓިކޯގައި މަޑު ކުރަން ނިންމައިފި

އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވާޑް، އެންޓޮއިން ގްރީޒްމަން ކުލަބުގައި މަޑުކުރުމަށް ނިންމައިފި އެވެ.

ސީޒަން ނިމުމާ ގާތަށް ދިޔަ އިރު ގްރީޒްމަން އެތްލެޓިކޯ ދޫކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ގުޅެން އުޅޭ ކަމުގެ ވާހަކަ ފުޓުބޯޅައިގެ ދުނިޔޭގައި ވަރަށް ގަދައަށް ދެކެވެން ފެށުނެވެ.

ފްރާންސުގެ ޓީވީ ޕްރޮގްރާމެއްގައި ޕްރެސެންޓަރު ޔުނައިޓެޑާއި ގުޅުމުގެ ކިހާ ފުރުސަތެއް އެބައޮތްތޯ ސުވާލުކުރުމުން ގްރީޒްމަން ޖަވާބަކަށް ބުނެފައިވަނީ 6/10 ގެ ފުރުސަތެއް އެބައޮތް ކަމަށެވެ. އަދި ދެހަފްތާ ތެރޭގައި ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށް އޭނާ ވަނީ އެޝޯގައި ބުނެފައެވެ.

ޔޫރޮޕާ ލީގު ޗެމްޕިއަންކަން ނެގުމަށްފަހު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާއެކު ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ގްރީޒްމަން ޔުނައިޓެޑާއި ގުޅޭނެ ކަމަށެވެ. ފްރާންސުގެ ނޫހަކުން ވަނީ އޭނާ ކުލަބުގެ ކުޅުންތެރިންނަށް އަލްވަދާއު ކިޔައި ކުލަބު ދޫކޮށް ދާން ތައްޔާރަށް ހުރި ކަމަށްވެސް ރިޕޯޓުކޮށްފައެވެ.

ނަމަވެސް އެތްލެޓިކޯ މެޑްރިޑަށް ކުރިމަތިވި ޓްރާންސްފާ ބޭންއަށްފަހު ގްރީޒްމަން ވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް އޭނާ އެތްލެޓިކޯގައި މަޑުކުރުމަށް ނިންމާފައިވާ ކަމަށް އިއުލާންކޮށްފައެވެ.