Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ފަހާ ފޮއްޓެއް ވަގަށް ނެގި މީހަކު ޖަލަށް

މާލޭގެ ގެއަކުން ފަހާ ފޮއްޓެއް ވަގަށް ނެގި މީހަކު 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާލޭގެ ގެއަކުން ފަހާ ފޮއްޓެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ތ. ތިމަރަފުށި އަންނާރުމާގެ، މުހައްމަދު ސިނާހު އެވެ.

ކްރިމިނަލް ކޯޓުން މެއި މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މުހައްމަދު ސިޔާހު "ހުދުކުލައިގެ ޕީ.އެފް.އޭ.އެފް.އެފް ހޮބީ 1032" ބްރޭންޑްގެ ފަހާ ފޮއްޓެއް ވަގަށް ނެގިކަން ހެކިންގެ ހެކި ބަހުން ސާބިތުވާކަމަށެވެ.