އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ތިން ވަނަ ފަހަރަށް އަބްދުﷲ ސޯދިގް (ސޯބެ) އިންތިޚާބްކޮށްފި އެވެ.
ސޯބެ މޭޔަރު ކަމަށް އިންތިހާބު ކުރީ މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވުނު ކައުންސިލްގެ ތިން ވަަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި ސިއްރު ވޯޓުންނެވެ.
އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައި ވަނީ ސޯބެ އެކަންޏެވެ. ސޯބެ މޭޔަރަކަށް އިންތިޚާބުކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރަކަށް ސޯބެ އިންތިހާބުވެވަޑައިގަތީ ހިތަދޫ އުތުރު ދާއިރާއިންނެވެ.