އެމްޑީޕީގެ މެމްބަޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް މިއަދު އެކަނި ވެސް އިތުރު 100 ފޯމް ލިބިފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަކްރަމް ވިދާޅުވީ މިއަދު ލިބުނު ފޯމްތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ މަޖިލީހުން ފާސްކު ރެއްވި ޤަރާރްގެ ދަށުން ށ. ކޮމަންޑޫ ދާއިރާގެ ރައީސް އަބްދުއް ރަޝީދު އަބްދުއް ރަޙްމާން ހުށަހެޅުއްވި 55 ފޯމާއި، ދެކުނު ޕްރޮވިންސުން ހުށަހެޅި 48 ފޯމެވެ.
އަކްރަމް ވިދާޅުވީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީ އޮފީހަށް 600 އެއްހާ މެމްބަޝިޕް ފޯރމް ލިބިފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް މި ދެ މަސް ދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ފޯރމް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަޝިޕް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޤައުމީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރް ފާސްވުމާއި ގުޅިގެންނެވެ.