Last Updated: June 30, 04:45
Tuesday, June 30, 2026
މުނިފޫހިފިލުވުން

ސްރީދޭވީގެ "މޮމް" ގެ ޓްރެއިލާ ދައްކާލައިފި

ފިލްމީ ދާއިރާއާ ދުރަށް ޖެހިލުމަށް ފަހު ސްރީދޭވީ ބޮލީވުޑަށް އެނބުރި އައިސްފައި ވަނީ 2012 ވަނަ އަހަރު ރިލީޒް ކުރި އޭނާގެ ފިލްމް "އިންގްލިޝް ވިންގްލިޝް" އާ އެކު އެވެ.

ސްރީދޭވީ ދަނީ މިހާރު އަނެއްކާވެސް ބޮޑު ސްކްރީނުން ފެނިލުމުގެ ތައްޔާރީތައް ވަމުންނެވެ.

އެގޮތުން އޭނާގެ އެންމެ ފަހުގެ ފިލްމް ކަމަށްވާ "މޮމް" ގެ ޓްރެއިލާ އެއް ވަނީ ހޮނިހިރު ދުވަހު ދައްކާލައިފަ އެވެ.

"މޮމް" ގައި ސްރީދޭވީ ފެނިގެންދަނީ ދޭވްކީ ނަމަކަށް ކިޔާ މަންމައެއްގެ ރޯލުންނެވެ.

އެ ފިލްމްގައި ދޭވްކީ ފެނިގެން ދަނީ އޭނާގެ ފުރާވާރުގެ އަންހެން ދަރިފުޅު އާރްޔާ ކޮންމެވެސް ކަމަކުން އަބަދުވެސް ސަލާމަތް ކުރަން އުޅޭ ތަނެވެ.

ސްރީދޭވީ އިތުރުން "މޮމް" އިން ފެނިގެން ދާނެ އެހެނިހެން ތަރިންގެ ތެރޭގައި ނަވާޒުއްދީން ސިއްދިގާއި އަކްޝަޔޭ ޚައްނާ ހިމެނެ އެވެ.

ރަވީ އުދްޔަވާރް ލިޔެ ޑައިރެކްޓް ކުރި މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި 7 ގައެވެ.