Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ޑެޕިއުޓީ މޭޔަރަކަށް ޔަސްރިފް

އައްޑޫ ސިޓީގެ އާކައުންސިލް ހުވާކުރުމަށްފަހު ބޭއްވި ބައްދަލުވުމުގައި މޭޔަރަކަށް ސޯބެ އިންތިޚާބުކުރުމަށްފަހު ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ދެވަނަ ފަހަރަށް ކާމިޔާބުކުރެއްވި މުހައްމަދު ޔަސްރިފް ހޮވިވަޑައިގެންފިއެވެ.

ޔަސްރިފް ޑެޕިއުޓީ އަކަށް ހޮވިފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 7 މެމްބަރުންގެ ތެރެއިން 4 ވޯޓު ލިބިގެންނެވެ. ޔަސްރިފްއާއި އެންމެ ގާތުން ވާދަކުރެއްވި ފޭދޫ ދާއިރާގެ ކައުންސިލަރު ފަހުމީ އަށް ތިން ވޯޓު ލިބިފައިވާއިރު ހުޅުދޫ ދާއިރާގެ ކައުންސިލަރު ޝުކުރީއަށް ލިބިވަޑައިގެންނެވީ ދެ ވޯޓެވެ.

ޔަސްރިފް ވަނީ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކޮށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ގޮނޑި ދެވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. ގިނަ ބަޔަކު ވަނީ މިފަހަރުގެ ޑެޕިއުޓީ މޭޔަރު ކަމަށް ޔަސްރިފަށް ތާއީދުކޮށް ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކޮށްފައެވެ.