Last Updated: June 11, 19:13
Thursday, June 11, 2026
ސިޔާސީ

ނަޝީދު ދެ ގައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވައިފި

ނަޝީދު ޖަރުމަން ސަފީރާ ބައްދަލު ކުރައްވަނީ. ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ދެ ޤައުމެއްގެ ސަފީރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި ރައީސް ނަޝީދު ފުރަތަމަ ބައްދަލު ކުރެއްވީ ޖަރުމަނުވިލާތުގެ އެމްބެސަޑަރުހިޒް އެކްސެލެންސީ މޮހާޑް އާ އެވެ. އަދި އޭގެ ފަހުން ވަނީ އެމެރިކާގެ އެމްބެސަޑަރު ހަ އެކްސެލްންސީ އެމްޖޭ ސިސޯން އާ ބައްދަލު ކުރައްވާފަ އެވެ.

މިއަދު ކުރިއަށް ހުރި ބައްދަލުވުން ތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގެ އެމްބެސަޑަރު އާއި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރުގެ އިތުރުން ކެނޭޑިއަން ހައިކޮމިޝަނަރާ ބައްދަލު ކުރެއްވުން ވެސް މިއަދު އެމްޑީޕީ އޮފީހުގައި އޮންނާނެ ކަމަށް އެ ޕާޓީން ބުންޏެެވެ.

މި ބައްދަލުވުންތަކުގައި ރައީސް ނަޝީދު ގެ އިތުރުން އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަ ވަނީ، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިޙު އާއި އްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދް އަބްދުލް ޢަފޫރާއި ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަޙްމަދު ނަސީމް އަދި ޗެއާޕަސަންގެ ނައިބު (އިދާރީ) އަލީ ޝިޔާމް އެވެ.