ނ. އަތޮޅު ކައުންސިލުގެ ރައީސް ހޮވުމަށް 10 ފަހަރު ވޯޓުލައި 10 ފަހަރު ވޯޓުގެ ނަތީޖާ އެއްވަރުވެ އަނެއްކާވެސް ވޯޓްލުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ތިން ކެންޑިޑޭޓަކާއި ޕީޕީއެމްގެ ތިން ކެންޑިޑޭޓަކު ނ. އަތޮޅު ކައުންސިލަށް އިންތިޚާބުވެފައިވާއިރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަނީ އެމްޑީޕީ ދެ ކެންޑިޑޭޓުންނެވެ.
ވެލިދޫ ދާއިރާއިން އިންތިޚާބުވި އާދަމް ފާއިޒާއި މަނަދޫ ދާއިރާއިން އިންތިޚާބުވި އަލީ ޒާފިރު އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާފައިވާއިރު ރެއިން ފެށިގެން މިއަދު މެންދުރާއި ހަމައަށް 10 ފަހަރު ވަނީ ރައީސް ހޮވުމަށް ވޯޓުލާފައެވެ.
ނަމަވެސް ކޮންމެ ފަހަރަކުވެސް ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެ 11 ވަނަ ފަހަރަށް ވޯޓު ލުމަށް މާދަމާއަށް ވަނީ ޖަލްސާއެއް ތާވަލުކޮށްފައެވެ.