Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫގައި މިރޭ 2 ސައިކަލް ޖެހި ހިނގި އެކްސިޑެންޓް:

ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ، ފަޒާ މިސްކިތް ކައިރިންނެވެ.

މި އެކްސިޑެންޓް ހިނގި އިރު 2 ސައިކަލް ދުއްވަން ތިބި މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ގެންދަނީ ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދީފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދަތުރުކުރި ސައިކަލެއް އެމަގުގައި ޕާކްކޮށްފައި އޮތް ކާރަކާއި އެހެން ދުއްވާފައިދިޔަ ސައިކަލެއްގައި ނުޖެހި ސަލާމަތްވާން އުޅުމުގެ ތެރޭގައެވެ.

ހިތަދޫ ފަޒާ މިސްކިތް ހުންނަ މަގަކީ ގިނަ އަދަދެއްގެ ކާރުތައް ގަވާއިދާއި ޚިލާފަށް ރަމަޟާން މަހުގެ އިޝާނަމާދާއި ތަރާވީހު ނަމާދާއި ދެމެދުގެ ވަގުތު ޕާކު ކުރާ މަގެކެވެ. މިކަމުގެ ސަބަބުން އެމަގުން ދުއްވާ ފަރާތްތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.