މަރަދޫފޭދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
ޔޫތް މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މަރަދޫފޭދޫ އާއި އެކު ޖުމްލަ 6 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައި ވަނީ ސިންޓެކްސް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އާއި އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެެވެ.
ދައުލަތުގެ ބަޖެޓުން އަށް މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްގެން އަޅާ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އިރްތިޝާމް އާދަމް ވަނީ މަސައްކަތާ ހަވާލުވި ފަރާތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުޓްސަލް ދަނޑުތައް އަޅައި ނިންމުމަށް އިލްތިމާސް ކުރައްވަފައެވެ.
އަދި އެ މަސައްކަތް ކުރިއަށް ދާއިރު، އެ ދާއިރާތަކުގެ ރައްޔިތުންވެސް އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވައި، މި ފަދަ މަޝްރޫއުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ވެސް މިނިސްޓަރ އިރުތިޝާމް ވަނީ އެދިވަޑައިގެންފައެވެ.