Last Updated: June 30, 04:45
Tuesday, June 30, 2026
ދުނިޔެ

"ލަންޑަނަށް ހަމަލާ ދިނަސް އިންތިޚާބު އޮންނާނެ"

ސާޅީސް އަށް މީހުން މަރާލި ޓެރަރިސްޓް ހަމަލާ އަށް ފަހު ވެސް، އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ރޭވިފައިވާ ގޮތަށް 8 ޖޫން ވާ ބުރާސްފަތި ދުވަހު ކުރިއަށް ދާނެ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ.

ޑައުނިން ސްޓްރީޓްގެ ބޭރުގައި ހުންނަވައިގެން ވާހަކަދައްކަވަމުން ތެރީސާ މޭ ވިދާޅުވީ އިންތިޚާބަށް ކެމްޕެއިން ކުރުން ފުލް ސްޕީޑްގައި ހޯމަ ދުވަހު އަނެއްކާވެސް ފެށޭނެ ކަމަށެވެ.

ލަންޑަންގައި ދިން ހަމަލާއާއި ގުޅިގެން ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ޤައުމީ ކެމްޕެއިންތައް ހުއްޓުމަކަށް ގެނެސްފައެވެ.

ލަންޑަން ބްރިޖްގައި ދިން އެ ހަމަލާގައި ހަތް މީހެއްގެ ފުރާނަ ވަނީ ގޮސްފައެވެ.

ކެމްޕެއިން ކުރުން އާދިއްތަ ދުވަހު ހުއްޓާލުމާއި ދެކޮޅުހެދި ހަމައެކަނި ބޮޑު ޕާޓީ އަކީ ޔޫކޭއައިޕީ އެވެ. އެ ޕާޓީގެ ލީޑަރު ވިދާޅުވީ ހަމަލާދިން ފަރާތްތަކުން ބޭނުންވާނެ ގޮތަކީ ވެސް ކެމްޕެއިންތައް ހުއްޓާލުން ކަމަށާއި، އެހެންކަމުން އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ލަންޑަން ބްރިޖްގައި ހިނގި އެ ހާދިސާގައި ހަމަލާ ދިން ތިން މީހުން، ފުލުހުން ވަނީ ބަޑިޖަހާ މަރާލާފައެވެ.