Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރާއްޖޭން ގަތަރާ ސިޔާސީީ ގުޅުން ކަނޑާލައިފި

ދިވެހި ރާއްޖެއިން މުސްލިމް ފަސް ގައުމަކާއިއެކު ގަތަރާއި ސިޔާސީ ގުޅުން ކަނޑާލައިފިއެވެ. ގަލްފު ސަރަހައްދުގައި އުފެދިފައި އޮތް ދެބަސްވުމާއި ގުޅިގެން ސައުދީ، ޔުނައިޓެޑު އަރަބް އެމިރޭޓްސް، ބަހުރެއިން، ލިބިޔާ އަދި މިސްރުންވެސް ވަނީ ގަތަރާއި ގުޅުން ކަނޑާލާފައެވެ.

މުސްލިމް ފަސް ގައުމަކާއިއެކު ދިވެހި ރާއްޖެއިންވެސް ގުޅުން ކަނޑާލާފައިވާ ކަން އިއުލާންކޮށްފައިވަނީ އަލް އަރަބިއްޔާ ނޫހުންނެވެ. މިކަމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުން ރަސްމީ ގޮތެއްގައި އަދި އެއްވެސް ބަހެއް ބުނެފައިނުވެއެވެ.

ޓެރަރިސްޓު ޖަމައާތްތަކަށް ވާގިވެރިވަމުންދަނީ ގަތަރުން ކަމަށް ތުހުމަތުކޮށް، މެދުއިރުމަތީގެ ހަމަނުޖެހުން ނަގާލަން ގަތަރުން މަސައްކަތް ކުރާ ކަމަށްބުނެ ގަތަރާއި މުސްލިމް ގައުމުތަކުގެ މެދުގައި އުފެދިފައިވާ ކޯޅުންގަނޑު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ސައުދީއިން އިސްވެ ގަތަރާއި އެންމެހާ ގުޅުންތައް ކަނޑާލާފައިވާއިރު ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ސައުދީއިން އުފެއްދި ކޯލިޝަނުންވެސް މިހާރުވަނީ ގަތަރު ބޭރުކޮށްފައެވެ.