Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ސުމައިދު ގެއްލުނު ހާދިސާގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އައްޑޫގައި

މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ފުލުހުންގެ ކޯޕްރަލް މުހައްމަދު ސުމައިދު ގެއްލުނު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އައްޑޫގައި ހަރަކާތްތެރި ވާން ފަށައިފި އެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ހާއްސަ ޓީމެއް މިއަދުގެ ވަގުތެއްގައި ވަނީ އައްޑު އަށް އައިސްފައެވެ. އެހެން ނަމަވެސް އެ ޓީމު އައްޑޫގައި ހަރަކާތްތެރިވާކަން ރަސްމީކޮށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޑިންގީއެއްގައި އިތުރު ދެ މީހަކާ އެކު މަހަށް ނިކުމެ އުޅެނިކޮށް ސުމައިދު، 27، ގެއްލިފައި ވަނީ އެމީހުން މަހަށް ނިކުތް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް އެ ހާދިސާގައި ސަލާމަތްވި ދެ މީހުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ސުމައިދުގެ އާއިލާއިން ބުނެފައި ވަނީ ސުމައިދު މޫދަށް ވެއްޓުނު ކަމަށް ބުނާ އިރު އޭނާ މޫދަށް ވެއްޓުނީ ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ސުމައިދު ހޯދުމުގެ މަސައްކަތް ސިފައިނާއި ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ.