ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން ކަމަށްވާ ބައިނަލްއަޤްވާމީ ވަކީލާ އަމާލް ކްލޫނީ އަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ އެވެ.
އެދެމެފިރިންނަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަންހެން ކުއްޖާއަށް ދީފައިވާ ނަމަކީ އެލާ އެވެ. އަދި ފިރިހެން ކުއްޖާ އަށް ކިޔަނީ އެލެކްޒެންޑާ އެވެ.
އެއްމާބަނޑު ދެކުދިން ޖޯޖް ކްލޫނީގެ ދެމެފިރިންނަށް ލިބިފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށް ޖޯޖްގެ ޕަބްލިސިސްޓް ސްޓެން ރޯސެންފިލްޑް ވިދާޅުވި ކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ.
އޭނާ ބުނި ގޮތުގައި އަމާލް އާއި އޭނާގެ ދެކުދިންގެ ހާލުވެސް ރަނގަޅެވެ.

ޖޯޖް އާއި އަމާލް ކްލޫނީ ކައިވެނި ކުރީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިޓަލީގެ ވެނިސްގައެވެ.
ޖޯޖް އާއި އަމާލް އެދެމަފިރިންގެ ކުދިންނަށް ދިން ނަންތަކަކީ ވަރަށް އާދައިގެ އާންމު ނަންތަކަށް ވީކަމާއިމެދު ގިނަ ބަޔަކު ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.
އެއްމާބަނޑު ދެކުދިންނާއިގެން އަމާލް ބަނޑުބޮޑުކަން ފެބްރުއަރީ މަހު ކަށަވަރު ކޮށްދީފައި ވަނީ އެ ދެމަފިރިންގެ ރައްޓެއްސެއް ކަމަށްވާ ހޮލީވުޑްގެ ތަރި މެޓް ޑޭމަން އެވެ.