Last Updated: June 30, 04:45
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ބިގް ބޮސް 11" ގެ ހޯސްޓަކީ ވެސް ސަލްމާން

ކަލާޒް ޗެނަލުން ދައްކާ ރިއަލިޓީ ޝޯ އެއް ކަމަށްވާ "ބިގް ބޮސް" ގެ 11 ވަނަ ސީޒަންގެ ހޯސްޓަކަށް ވެސް ސަލްމާން ޚާން ހަމަޖައްސައިފި އެވެ.

އެގޮތުން 11 ވަނަ ސީޒަނުގައި ކުރީ ސީޒަނެކޭ އެއްފަދައިން، މަޝްހޫރު ތަރިންގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

ބިގް ބޮސް 10 ގައި މަޝްހޫރު ތަރިންނާއި އެކު އެއް ގެއެއްގައި އާންމު މީހުން ދިރިއުޅެމުން ދިއުން ވެގެންދިޔައީ އެ ސީޒަން ވަރަށް ބޮޑު ކާމިޔަބަކަށް ވެގެންދިޔަ ކަމަކަށެވެ.

ބިގް ބޮސް 10 ކާމިޔާބު ކޮށްފައި ވަނީ މަންވީރް ގުރްޖާރް އެވެ. ޝޯގައި ތިބި ތަރިންނާއި ޚިލާފަށް މަންވީރް އަކީ ނޮއިޑާގެ ވަރަށް އާދައިގެ އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ.

ވައާކޮމް ގެ ސީއޯއޯ ކަމަށްވާ ރާޖް ނާޔަކް ވަނީ ބިގް ބޮސްގެ 11 ވަނަ ސީޒަން އިއްޔެ އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާން ކޮށްފައެވެ. ބިގް ބޮސް ގައި ބައިވެރިވުމަށް އެދި ސަލްމާން ޚާން މީހުންނަށް ގޮވާލާ މަންޒަރު ފެންނަ ވީޑިއޯ އެއް އޭނާ ވަނީ އަޕްލޯޑް ކޮށްފައެވެ.

https://twitter.com/rajcheerfull/status/871804087553019905

ޓްވިޓާގައި އޭނާ ލިޔެފައި ވަނީ ސަލްމާން ޚާން އާއިއެކު ބިގް ބޮސް 11 ގެ އޮޑިޝަންތައް ރަސްމީ ގޮތުން ހުޅުވާލެވިފައިވާ ވާހަކައެވެ.

ޝޯގައި ބައިވެރިވުމަށް އެދޭ އާންމު ފަރާތްތަކުން ބިގް ބޮސް ގެ ރަސްމީ އެޕްލިކޭޝަން ގައި އޮޑިޝަން ވީޑިއޯ އެއް އަޕްލޯޑް ކުރުން އޮޑިޝަން ގައި ބައިވެރިވެވޭނެ އެވެ.