މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަނާ ބެހޭ ގޮތުން އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީ އަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.
"ސްޓީލިން ޕެރަޑައިސް" އަށް ލިބުނު އެވޯޑަކީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ވަން ވޯލްޑް މީޑިއާގެ ފަރާތުން 2017 ވަނަ އަހަރުގެ ކޮރަޕްޝަން ރިޕޯޓިން ދާއިރާއިން ލިބުނު އެވޯޑެކެވެ.
އަލްޖަޒީރާގެ އިންވެސްޓިގޭޓް ރިޕޯޓަރ ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެމްއެމްޕީއާރްސީގެ ކަރަޕްޝަނާ ގުޅުން ހުރި މީހުންނާއި ބައްދަލުކޮށް އިންޓަވިއުކޮށް ގެނެސް ދިން ރިޕޯޓަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބި ފައެވެ.
"ސްޓީލިން ޕެރަޑައިސް" ވަނީ އިނގިރޭސިވިލާތުގެ ފޮރިން ޕްރެސް އެސޯސިއޭޝަނުން ދޭ "2016 އެފްޕީއޭ މީޑިއާ އެވޯޑްސް" އަށް ވެސް ޝޯޓްލިސްޓްކޮށްފައިވެ އެވެ.