Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ރޯދަ ރަހަ: ފްރޯޒެން މެންގޯ ޔޯގަޓް

* ބޭނުންވާ ތަކެތި:

2 ދޮން އަނބު (އައިސްކޮށްފައި، މަށާލައި ކޮށާފައި)
1/2 1 ޖޯޑު ޔޯގަޓް
1 ލުނބޯ (ޒެސްޓް ހަދަން)
2 ސައިސަމުސާ މާމުއި

* ތައްޔާރު ކުރާނެ ގޮތް:

މިކްސަރުގެ ތެރެއަށް ކޮށާފައި ހުރި އަނބާއި ޔޯޔަޓް، މާމުއި އަދި ލުނބޯ ޒެސްޓް (ލުނބޯ ތޮށި) އަޅާފައި ރަނގަޅަށް މިކްސްކޮށްލާށެވެ.

ދެން ތައްޓެއްގެ ތެރެއަށް އަޅާފައި މަތި ޖެހުމަށް ފަހު، ފްރިޖްގައި 6-8 ގަޑި އިރަށް ފިނިކޮށްލާށެވެ.

ސާވް ކުރާ އިރު، އަނެއްކާ ވެސް ސްކޫޕްގެ މައްޗަށް ލެމަން ޒެސްޓްކޮޅެއް ބުރުވާލުމުން ރަހަ އިތުރަށް މީރު ވާނެ އެވެ.