Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ފޭދޫ ހިއްކި ބިމުގެ ލޭންޑް ޔޫޒް ޕްލޭން އޮތީ ނިމިފައި: ޑރ. މުއިއްޒު

އައްޑޫ ސިޓީ ފޭދޫ އިން ހިއްކި ބިމުގެ ލޭންޑް ޔޫޒް ޕްލޭން ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ފޭދޫ ދާއިރާގެ މެންބަރ އިބްރާހިމްދީދީ (އައިބީ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިދިޔަ އަހަރު ފޭދޫ އިން ހިއްކި 50 ހެކްޓަރުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ހެދިފައިވޭތޯ އަދި އެ ބިން ބޭނުން ކުރަން ފެށޭނީ ކޮން ދުވަހަކު ތޯ މިއަދުގެ ޖަލްސާގައި އައިބީ ވަނީ ސުވާލު ކުރައްވާފައެވެ.

"ބިމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ވެސް މިހާރު ހަދައި ނިމިފައިވަނީ. އެހެންވީމާ، ލޭންޑު ޔޫސް ޕްލޭނާ އެއްގޮތަށް އެ ބިން ބޭނުންކުރަން ފެށުން ދެން އޮތީ."

އައިބީގެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ފޭދޫ އިން ހިއްކި ބިމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ވެސް މިހާރު ހަދައި ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތީ އެ ޕްލޭނާއި އެއްގޮތަށް ބިން ބޭނުންކުރަން ފެށުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.