މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ދޮންނަ މެޝިނެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެމްއެންޑީއެފަށް ދޮންނަ މެޝިނެއް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.
ދޮންނަ މެޝިން ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 11 ވަނަ ދުވަހުގެ 11:30 ގައި ޑިފެންސް މިނިސްޓްރީގައި އޮންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މައުލޫމާތު ސާފު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭ އިރު، އަންދާސީ ހިސާބު ހުށަހެޅުމުގެ ފަހު ތާރީޚަކީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ 11:30 އެވެ.