އަކްޝޭ ކުމާރްގެ އެންމެ ފަހުގެ ފިލްމް "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ގެ ޓްރެއިލާ މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އިރު، އަކްޝޭ ވަނީ އެފިލްމްގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
އެގޮތުން އަކްޝޭ ވަނީ ފަސް ދުވަހުގެ ތެރޭގައި ޓޮއިލެޓްގެ ޓްރެއިލާ އަންނަނީ ކަމަށްބުނެ ޓްވިޓާ މެދުވެރިކޮށް އެފިލްމްގެ އެންމެ ފުރަތަމަ ޕޯސްޓަރު އާންމުންނަށް ދައްކާލާފައެވެ.
Ek warning!!! TOILET TRAILER IN 4DAYS pic.twitter.com/yh80LdjizA
— Akshay Kumar (@akshaykumar) June 7, 2017
ޝްރީ ނާރާޔަން ސިންގް ޑައިރެކްޓް ކުރާ އެ ފިލްމަކީ އިންޑިއާގެ ސާފްތާހިރުކަމުގެ ޙާލަތު ހުރި ގޮތާއި ބެހޭގޮތުން އުފައްދާ ހެއްވާ މަޖާ ފިލްމެކެވެ. އެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު އެވެ.
ޓޮއިލެޓް ގައި އަކްޝޭ އާއިއެކު ފެނިގެންދާނެ އަންހެން ބަތަލާ އަކީ ބޫމީ ޕެދްނޭކަރް އެވެ.