Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ވިލާ އިން އައްޑޫގައި މަޝްރޫއުތަކެއް ހިންގަން އެދެފި

ގާސިމް މި މަހުގެ 14 ވަނަ ދުވަހު ގަން އެއާޕޯޓްގައި. ފޮޓޯ/ އައްޑޫ ލައިވް

ވިލާ ގްރޫޕުން އައްޑޫގައި މަޝްރޫއުތަކެެއް ހިންގަން ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ކައުންސިލުން ބުނީ އެކުންފުނިން ކައުންސިލުގައި އެދިފައި ވަނީ އައްޑޫގައި އައިސް ޕްލާންޓަކާއި، ގޭސް ޕްލާންޓެއްގެ އިތުރުން ފެން ފްލާންޓެއް ހެދުމަށެވެ. އަދި އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް، އެކަންކަން ކުރެވޭނެ ގޮތްތަކެއް ފަހިކޮށް ދިނުމަށް އެދި މިދިޔަ ހަފްތާގައި ސިޓީއެއް ފޮނުވާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ އައްޑު އަށް ހެޔޮ އެދިގެން އައްޑޫގެ ތަރައްޤީ އަށް ހުށަހެޅޭ ކަންކަމަށް ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. އަދި ވިލާ އިން އެދިފައިވާ ކަންކަން ކައުންސިލުން މަޝްވަރާ ކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.

ދާދި ފަހުން ގާސިމް އިބްރާހިމް އައްޑު އަށް ވަޑައިގެން މި ސިޓީއަށް ގިނަ ކަންކަން ކޮށްދެއްވުމަށް ވަނީ ވައުދުވެވަޑައިގެންފަ އެެވެ. އެގޮތުން އައްޑޫގެ ގިނަ ސްކޫލްތަކަށް ވަޑައިގެން އެތަނުގެ ވެރިންނާއި ބެލެނިވެރިން އަދި ދަރިވަރުންނާއި ބައްދަލުކޮށް ސްކޫލްތަަކަށް ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން ވަނީ މައުލޫމާތު ހޯދާފަ އެވެ. އަދި ގިނަ ސްކޫލްތަކަށް ބޮޑެތ އެހީތައް ވެދެއްވާނެ ކަަމުގެ ޔަޤީންކަން ވަނީ ދެއްވާފަ އެވެ.

އަދި ވިލާ އެއާގެ "ފްލައި މީ" އިން ގަމާއި ލަންކާ އާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފަ އެވެ.