ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގެ ކޮއްކޮ އަދި ކުރީގެ އެސްޓިއޯގެ އެމްޑީ އާދަމް އާޒިމް ބަންދަށް 6 ދުވަސް މިއަދު ހަވީރު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމަުގެ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އާޒިމް ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނު މަޖީދީ މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުންނަ އިމާރާތުގައި ހުންނަ އާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުއްޓާއެވެ.
އާޒިމް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ އާޒިމް ގެންދަވަނީ ޝަރުއީ ދާއިރާއާއި މެދު ސާބިތު ނުހިފޭ ވާހަކަ ދައްކާ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރައްވަމުންނެވެ. އަދި ގާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.
އާޒިމް ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ