Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

11 މަހުގެ ޖަލު ހުކުމަކަށް ފަހު މަހްލޫފް މިނިވަންވެއްޖެ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް 11 މަހުގެ ޖަލު ހުކުމަކަށް ފަހު މިނިވަންވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްލޫފުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ ރޭ ދަންވަރު 12:00 އާ ހަމައަށެވެ. އަދި އޭނާ ޖަލުން ދޫކޮށްފައި ވަނީ މިއަދު ހެނދުނު އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުން މަހްލޫފް ގެއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނު 8:30 ގައެވެ.

މަހްލޫފު މިނިވަންވުމުގެ އުފަލުގައި ޚާއްސަ ޖަލްސާއެއް އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމައިފަ އެވެ. ތަރާވީހަކާ އެކު ބާއްވާ މި ޖަލްސާގައި މަހްލޫފު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ އެވެ.