އައްޑޫ ސިޓީ މީދޫ އަވަށުގައި ފިޡުރު ޒަކާތް ބަލައިގަތުން ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ގެންދާގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި، މީދޫގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަން ހުޅުމީދޫ ގޮފިން ކަމަށެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.
އައްޑޫގައި ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 20ރ. ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 65ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 75ރ.ގެ މަގުންނެވެ.
ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށްނާއި ބީއެމްއެލްގެ ވެބްސައިޓުން އަދި އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ވެސް އިންޓަނެޓް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.